ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު ކުޅޭ ފުޓުބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ފުރަތަމަ ބައްލަވައިގެންނެވީ ރައީސް މުއިއްޒު

ދަޕްރެސް

13 ނޮވެމްބަރު 2025 | ބުރާސްފަތި | 2:20

ދިވެހިރާއްޖެއާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިގެންފިއެވެ.

ރާއްޖެއާ ފަލަސްތީނުގެ ދެމެދު ކުޅޭ މެޗުތަކުގެ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމަށްޓަކައި ފުޓުބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ.

މި ރަމްޒީ ޓިކެޓު ރައީސްއާ ހަވާލުކޮށްދެއްވީ މިއަދު ހެނދުނު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގެވެ.

މައުޟޫޢުތަށް