ރައީސްގެ އަނބިކަނބަލުން ސާޖިދާ، ހެލްތު އެކްސްޕޯ 2025 ހުޅުވައިދެއްވައިފި
ދަޕްރެސް
14 ނޮވެމްބަރު 2025 | ހުކުރު | 10:22
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ހެލްތު އެކްސްޕޯ 2025 ހުޅުވައިދެއްވައިފިއެވެ.
އެކަމަނާ ހެލްތު އެކްސްޕޯ 2025 ހުޅުވައިދެއްވީ އެކަމަށްޓަކައި އިއްޔެ ހަވީރު، ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮތް ހާއްސަ ރަސްމިއްޔާތުގައެވެ.
ހެލްތު އެކްސްޕޯ 2025 އަކީ، ދުޅަހެޔޮ ޖީލަކާއި މުޖުތަމައެއް ބިނާކުރުމަށް ސިއްހީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހެލްތް މިނިސްޓްރީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.