ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ އަނދައިފި
ދަޕްރެސް
14 ނޮވެމްބަރު 2025 | ހުކުރު | 3:56
ފަރުކޮޅުފުށީގައި ހުރި އިމާރާޓެއްގައި އަލިފާން ރޯވެ އެތަން އަނދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އެތަނުގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 1:00 ހާއިރު ކަމަށެވެ. އެއާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ހަރަކާތްތެރި ވެފައެވެ.
އަލިފާން ރޯވެގެން އެ ސަރަހއްދުގައި އޭރު ވަރަށް ބިޑަށް ވަނީ ދުންގަނޑު ފެތުރިފައެވެ. އެމްއެންޑީއެފް އިން އެ އިމާރާތުގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ މެންދުރުފަހު 1:40 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.