ފުވައްމުލަކު ރައްޔިތުންނަށް ފެނަކައިން ދޫކުރާ ފެނަކީ ބޯ ފެނުގެ މިންގަނޑަށް ފެތޭ ސާފު ފެން: އެމްއެފްޑީއޭ
ދަޕްރެސް
14 ނޮވެމްބަރު 2025 | ހުކުރު | 4:35
ފުވައްމުލައް ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރަން ތައްޔާރުވެފައިވާ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
ފުވައްމުލައް ސިޓީއަށް ފޯރުކޮށްދެމުންދާ މުނިސިޕަލް ފެނުގެ މައްސަލަ ދިމާވެފައި ވަނީ ފެނަކައިން އުފައްދަމުންދާ ފެނުގައި ތަޣައްޔަރު ކަމެއް ހުރުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް މުޅި ޕްލާންޓް ފްލަޝްކޮށް، ޕްލާންޓް ސާފުކުރުމުގެ މަސައްކަތަށް ފެނުގެ ހިދުމަތް ވަނީ މި މަހުގެ 10 ވަނަ ދުވަހު މެދުކަނޑާލާފައެވެ.
އެއާއެކު އެމްއެންޑީއެފް އާއި ފުލުހުންގެ އެހީތެރިކަމާއެކު ފުވައްމުލަކަށް ކަނޑާއި ވައިގެ މަގުން ފެން ފޯރުކޮށް ދިނުމަށް ވަނީ މަސައްކަތް ކޮށްފައެވެ.