ޖަލު ހެދުމުގައި ދާން ދެކޮޅު ހެދުމަށްފަހު، ބައްސާމް ކޯޓަށް ހާޒިރުވީ ކުލަ ހެދުމުގައި
ދަޕްރެސް
16 ނޮވެމްބަރު 2025 | އާދިއްތަ | 12:40
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނަތްތެރި ކަމަށް ބުނާ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ 2 ދައުވާގެ އަޑުއެހުމަށް ހާޒިރުވާން ދެކޮޅު ހެދުމަށްފަހު އޭނާ ކޯޓަށް ހާޒިރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު 8:15 އަށް ތާވަލްކުރި ކްރިމިނަލް ކޯޓުގެ އަޑުއެހުމަށް ދާން ބައްސާމް ދެކޮޅު ހަދާފައިވަނީ ޖަލުހެދުމުގައި ބިޑި އަޅުވައިގެން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށް މަސައްކަތް ކުރުމުންނެވެ.
ބައްސާމް ޖަލު ގޮޅިން ނުކުންނަން ދެކޮޅު ހެދުމާ ގުޅިގެން އޭނާގެ އަޑުއެހުން ފަސްކުރިއެވެ. އެހެންނަމަވެސް މިހާރު ބައްސާމް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.