ހިޔާ އަދި ވިނަރެސް ފްލެޓަށް އާންމުން ނެގި ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދޭން ރައީސް އެދިވަޑައިގެންފި
ދަޕްރެސް
16 ނޮވެމްބަރު 2025 | އާދިއްތަ | 3:57
ހިޔާ އަދި ވިނަރެސް ފްލެޓްއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބޭންކުގައި އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ޕޯސްޓެއްގައެވެ.
ބީއެމްއެލްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކެއްކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. އަދި އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބީއެމްއެލްއާއެކު މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.