އެއާ އެމްބިއުލާންސްގެ ދަތުރުތައް ދުބާއީ އާއި ތައިލޭންޑަށް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ދަޕްރެސް
16 ނޮވެމްބަރު 2025 | އާދިއްތަ | 4:07
އެއާ އެމްބިއުލްންސްގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެއްޓުމަށްޓަކައި ހެލްތް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާ އާއެކު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހަމްދާން ނާސިރު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދު އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ސިއްހީ ކުއްލި ފަރުވާގެ ހިދުމަތް ފުޅާ ކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެއާ އެމްބިލަންސްގެ ހިދުމަތަކީ ރައީސް މުއިއްޒުގެ، ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ14ގައި ހިމަނުއްވާފައިވާ އަދި މާރިޗް 1، 2024 އިން ފެށިގެން ދެމުންދާ ހިދުމަތެކެވެ.