މިދިޔަ ހަފްތާގައި މާލެއާއި ބްރިޖުގައި 54 އެކްސިޑެންޓް، ގިނައީ ދުވާލުގެ ވަގުތު ހިނގާ އެކްސިޑެންޓްތައް
ދަޕްރެސް
16 ނޮވެމްބަރު 2025 | އާދިއްތަ | 4:28
ފާއިތުވި ހަތް ދުވަހު މާލެއާއި ސިނަމާލޭ ބްރިޖް އަދި ހައިވޭގައި 54 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އެ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުމްލަ 57 އެކްސިޑެންޓް ހިނގާފައިވާއިރު، އޭގެ ތެރެއިން އެއް ދުވަސް މަތިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އެދުވަހު 13 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، 9 ވަނަ ދުވަހު 12 އެކްސިޑެންޓް، އަދި 11 ވަނަ ދުވަހު 3 އެކްސިޑެންޓް، 12 ވަނަ ދުވަހު 10 އެކްސިޑެންޓް، 13 ވަނަ ދުވަހު 8 އެކްސިޑެންޓް، 14 ވަނަ ދުވަހު 4 އެކްސިޑެންޓް އަދި 15 ވަނަ ހުވަހު 4 އެކްސިޑެންޓް ހިނގާފައި ވާކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.