ކޮންޓެއިނާ ސްކޭނަރާއެކު ރަނގަޅު ވިޔަފާރިވެރިން ސާފުވާނެ، އެކަމަށް 51 މިލިއަން ބޭނުންވޭ: ކަސްޓަމްސް

ދަޕްރެސް

16 ނޮވެމްބަރު 2025 | އާދިއްތަ | 7:07

ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމަށް 51 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި، އެ ސްކޭން ސިސްޓަމްގެ ސަބަބުން ރަނގަޅު ވިޔަފާރިވެރިން ސާފުވާނެ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން މިފަދައިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މިއަދުގެ ބައްދަލުވުމަށް ވަނީ ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް އޮފިޝަލުން ހާޒިރުކޮށްފައެވެ.

އެގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން ކަސްޓަމްސްގެ ބަޖެޓު ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ، ސްކޭން ސިސްޓަމާއި ގުޅޭ ގޮތުން މީގެ ކުރިން ކަސްޓަމްސް އާއި ފިނޭންސާ ދެމެދު މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި މުޅި ޕްރޮސެސްގައި ޖުމްލަ ހަރަދަކަށް 51 މިލިއަން ރުފިޔާ އަރާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޖުމްލަ އަދަދު ނުލިބި އެކަން ނުކުރެވޭނެ ވާހަކަ ވެސް ފިނޭންސާ ހިއްސާ ކޮށްފައިވާނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

މައުޟޫޢުތަށް