ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލަން އިސްލާހު ހުށަހަޅައިފި

ދަޕްރެސް

16 ނޮވެމްބަރު 2025 | އާދިއްތަ | 8:20

އަތޮޅު ކައުންސިލްތައް އުވާލައި، އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.

އިއްޔެ އެ އިސްލާހު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އެ އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރުމަށެވެ.

އެހެންކަމުން މި އިސްލާހު ފާސްވެއްޖެ ނަމަ، މިހާރު އޮތް އަތޮޅު ކައުންސިލްތަކަކީ މި ގާނޫނުއަސާސީގެ ދަށުން އެންމެ ފަހު އަތޮޅު ކައުންސިލަށް ވާނެ އެވެ. ޝުޖާއު މިފަދަ އިސްލާހެއް ހުށަހެޅުއްވިއިރު ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް ވެސް އިއްޔެ ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

މައުޟޫޢުތަށް