ފަގީރު، ދަތި ހާލުގައި އުޅޭ އާއިލާތަކަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށް ދޭނަން: މުއްތަލިބު

ދަޕްރެސް

16 ނޮވެމްބަރު 2025 | އާދިއްތަ | 9:49

ފަގީރު ކަމުގައި ދަތި ހާލުގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ އެއްވެސް އާއިލާއެއް ބާކީ ނުކުރާނެ ކަމުގެ ވައުދު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ، މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް - އާއިލީ ބޯހިޔާވަހިކަން" މި ސިޔާސަތު އިފްތިތާހް ކުރުމަށް މިރޭ ދަރުމަވަންތަ ހޮސްޕިޓަލް ބިލްޑިންގެ، އުޑުވިލާ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މުއްތަލިބް ވިދާޅުވީ، ކޮންމެ އިންސާނަކަށް އެމީހެއްގެ އަމިއްލަ ގެއަކަށް ކުރާ އުންމީދަކީ ދޫކޮށް ނުލެވޭނެ އުންމީދެއް ކަމަށެވެ. ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ވެސް ހުވަފެނަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ލިބުން ކަމަށާއި ގަދަރުވެރި ރައްކާތެރި ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާސިލްކޮށްދެން މަސައްކަތް ކުރަނީ އެތައް ހާސް ރައްޔިތުންނެއްގެ މި ދެންނެވި އުންމީދު ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މައުޟޫޢުތަށް