ވިނަރެސް ޓަވަރުގައި ގާއިމުކޮށްފައިވާ 94 ކާރު ޕާކިން ޖާގަ ބީލަމުގެ އުސޫލުން ގަތުމަށް ހުޅުވާލައިފި

ދަޕްރެސް

17 ނޮވެމްބަރު 2025 | ހޯމަ | 12:05

ވިނަރެސް ޓަވަރުގައި ގާއިމުކޮށްފައިވާ 94 ކާރު ޕާކިން ޖާގަ ބީލަމުގެ އުސޫލުން ގަތުމަށް ހުޅުވާލައިފިއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ގައި ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:30ގެ ނިޔަލަށް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތއް އެޗްޑީސީއަށް މެއިލް ކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން ބީލަން ފޯމު ދޫކުރަން ފެށުމަށް ހަމަޖެހިފައިވާއިރު 18 ޑިސެމްބަރުވާ ބުރާސްފަތި ދުވަހުގެ މެނދުރުފަހު 3:30އާ ހަމައަށް ފޯމު ދޫކުރުން ކުރިއަށްދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އެޗްޑީސީއިން ބުނީ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި ލިޔެކިޔުންތައް ބަލައި ޝަރުތުހަމަވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ބީލަން ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ރިސެޕްޝަނުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް