ކިތަންމެ ރަނގަޅު ނިންމުމެއް ނިންމި ނަމަވެސް، އިދިކޮޅުން ފާޑުކިޔުމަކީ ސިޔާސީ މަސްރަހުގެ އާދައެއް: ނައިބު ރައީސް

ދަޕްރެސް

17 ނޮވެމްބަރު 2025 | ހޯމަ | 3:35

ކިތަންމެ ރަނގަޅު ނިންމުމެއް ނިންމެވި ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުން ފާޑުކިޔުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އާދަކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ސިފަކުރައްވައިފިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން 2 އަހަރުވުމުގެ މުނާސަބާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ސިޔާސީ އެހެން ލީޑަރުންނަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ޖެހިލުން ކުޑަ ސިޔާސީ ލީޑަރެއް ކަމުގައެވެ.

މީގެ ކުރިން ވެރިކަންކުރެއްވި ރައީސުންނަށް ކެރިވަޑައިނުގެންނެވި ރައްޔިތުންގެ ނަފުސާނީ އަދި ސިއްހީ ދުޅަހެޔޮކަމަށްޓަކައި މުހިންމު ނިންމެވުންތަކެއް ރައީސް ނިންމަވާ މިހާރު ތަންފީޒުކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ފެންނަމުންދަނީ ރައްޔިތުން ގަބޫލުކުރާ ރަނގަޅު ނިންމެވުންތަކެއް ނިންމަވައި، ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ދާތަންކަމަށެވެ.

މައުޟޫޢުތަށް