މެންބަރު ނާޒިމާއި ސަލީމް މާލޭ ވިޔަފާރި ބަނދަރުގެ ހާލަތު ބައްލަވާލައްވައިފި

ދަޕްރެސް

17 ނޮވެމްބަރު 2025 | ހޯމަ | 4:34

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އާއި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިއަދު މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެމްޕީއެލް އިން ބުނީ، މެންބަރު ސަލީމް އަދި ނާޒިމް، މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކުރައްވާފައި ވަނީ ބަނދަރުގެ ހާލަތު ބައްލަވާލެއްވުމަށް ކަމަށެވެ. މި ޒިޔާރާތުގައި އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭގޮތުން، ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްއިން ވަނީ އެ ދެ ބޭފުޅުންނަށް މައުލޫމާތު ދެއްވާފައި ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މާލޭ ވިޔަފާރި ބަނދަރުގައި ޖާގައިގެ ދަތިކަމަކީ ޒަމާނުއްސުރެ އޮތް މައްސަލައެކެވެ. މި ކަމާ ގުޅިގެން ބައެއް ފަހަރު މުދާ ހުސް ކުރުމުގައި ލަސްތަކާ ވެސް ކުރިމަތިލާން ޖެހި މިއީ ވިޔަފާރިވެރިން ކަންބޮޑުވާ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

މައުޟޫޢުތަށް