ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ދެ ގޮނޑި ސަރުކާރާ ހަވާލުކޮށްފި
ދަޕްރެސް
17 ނޮވެމްބަރު 2025 | ހޯމަ | 5:45
ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ޖުލައި 26، 1965 ގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިައްޔާތެއްގައި އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެކްސަލެންސީ ނިކޮލަސް ޑޭވިޑް ލޯ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގަތީ ހާރިޖީ ވަޒީރު، ޑރ. އަބްދުﷲ ހަލީލް އެވެ.
މި ރަސްމިއްޔާތުގައި ހާރިޖީ ވަޒީރުގެ އަރިހުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.