ގާނޫނާއި ގަވާއިދާ ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ: އިނާޒް
ދަޕްރެސް
17 ނޮވެމްބަރު 2025 | ހޯމަ | 7:50
ޕެންޝަން އޮފީހާއި ގުޅުން ހުރި ގާނޫނުތަކާއި، ގަވާއިދުތަކާއި، ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާއި ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށް ޕެންޝަން ބޯޑު ޗެއާ ޕާސަން އަހްމަދު އިނާޒް ވިދާޅުވެއްޖެއެވެ.
އިނާޒް މިހެން ވިދާޅުވެފައި ވަނީ، މިދިޔަ މަހުގެ މެދުތެރޭގައި އެމްއެމްއޭ އިން ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުއާމަލާތެއް ހިންގަން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
އިނާޒް ވިދާޅުވީ، ކޮންމެ ސަރުކާރެއްގެ ވެސް މާލީ ސިޔާސަތުގެ ސަބަބުން ޕެންޝަން ފަންޑުގެ ސަސްޓެއިނަބިލިޓީއަށް އަތުވެދާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް މަޝްވަަރާ ކުރަމުންދާ ކަމަށެވެ.