ޖެނުއަރީ މަހުން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާ އާސަންދަ ސްކީމްގެ ދަށުން ހަމަޖެހޭނެ
ދަޕްރެސް
17 ނޮވެމްބަރު 2025 | ހޯމަ | 11:03
އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް އާސަންދަ ސްކީމްގެ ދަށުން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދަ އިން ވަކި ޕަސެންޓެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. ނަފްސާނީ ދުޅަހެޔޮ ކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް ކަމަށާއި، އެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ނަފްސާނީ ބަލި ބައްޔަށް ބޭސް ފަރުވާ ކުރުން އާސަންދައިން މީގެ ކުރިން ކަވަރު ނުކުރާ ކަމަށާއި އެކަން ނިމުމަކަށް ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިޖުތިމާއީ ރައްކާތެރިކަން ކަށްވަރުކޮށް ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް 1 ޖެނުއަރީން ފެށިގެން އާސަންދައިން ކަވަރު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.