ރޯދައިގެ ކުރިން 4000 ފްލެޓް ނިންމައި ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރަން: ރައީސް

ދަޕްރެސް

17 ނޮވެމްބަރު 2025 | ހޯމަ | 11:57

މިދިޔަ ސަރުކާރުން އިއުލާން ކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބުނު ފަރާތްތަކަށް އަންނަ ރޯދަ މަހުގެ ކުރިން އެތަން ނިންމައި ތަޅުދަނޑި ހަވާލު ކުރަން މަސައްކަތް ކުރަަމުން އަންނަ ކަަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ޕީއެންސީގެ ފަރާތުން ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ، އެމަނިކުފާނު ވައުދު ވެވަޑައިގެންނެވި ގޮތަށް ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތައް ހަވާލު ކުރައްވާނެ ކަމަށެވެ. އެ ގޮތުން މިހާރު 4000 ފްލެޓް ލިބުނު ފަރާޓްތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިހާރު 84 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ.

ލިސްޓާށް އެއްވެސް ބަދަލެއް ނުގެނެސް ލިސްޓުގައި އޮތް ގޮތަށް އެ ފަރާތްތަކަށް ތަޅުދަނޑި ހަވާލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން މިހާރު ބަލަމުން މި ދަނީ ރޯދައިގެ ކުރިން 4000 ފްލެޓް ނިންމައި އެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް