އާ ގާނޫނާއެކު ގޭންގުތައް މަދުވެއްޖެ، މަސްތުވާތަކެތީގެ މައްސަލައަށްވެސް ހައްލު ހޯދައިދޭނަން: ރައީސް
ދަޕްރެސް
18 ނޮވެމްބަރު 2025 | އަންގާރަ | 7:11
ގޭންގުތައް ހުއްޓުވުމުގެ ގާނޫނު ވުޖޫދުވުމާއެކު އެފަދަ ހަރަކާތްތައް ހިންގާ ގުރޫޕުތައް މަދުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ހަދައިފައިވާކަމަށާއި އެއީ މި ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބެއް ކަމަށެވެ.
"ހޯމް މިނިސްޓަރު އަލީ އިހުސާން އަޅުގަނޑު ގާތު ވިދާޅުވީ އެ މިނިސްޓްރީން ޕީޖީއަށް ދެންނެވީމަ ވިދާޅުވެއްޖޭ ޝަރުތު ހަމަވާން ގޭންގެއް ނެތޭ. ގޭންގު ކުށްތައް މިހާރު ހުއްޓާލާފިއޭ. ގޭންގުތައް ވަރަށް މަދުވެއްޖެއޭ. ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނެތިގެނެ މިއުޅެނީ. ބޮޑެތި އަދަބުތައް ލާފައި މި ފާސްކުރާނީ ޒުވާނުން މިހުރިހާ ނުބައިކަމަކުން ސަލާމަތްކުރަން." ރައީސް ވިދާޅުވިއެވެ.