މާލޭ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކަށް ޖިންސީ އަނިޔާ ލިބިފައިވާ މައްސަލައެއް!
ދަޕްރެސް
18 ނޮވެމްބަރު 2025 | އަންގާރަ | 12:07
މާލޭގައި އަންހެނަކަށް ޖިންސީ އަނިޔާ ލިބުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހަމަ އެ ދުވަހުގެރޭ ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށްކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނީ، މި މައްސަލަ ދިވެހި ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.