ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ ހިނގީ އެމްޕީއެލްގެ ހާލަތު ދަށްވުމުންކަމަށް ނާޒިމް ވިދާޅުވެއްޖެ

ދަޕްރެސް

18 ނޮވެމްބަރު 2025 | އަންގާރަ | 11:22

ކޮޅުވެއްޓިއެއް ބަންޑުންޖަހާލާ ދެ މީހަކު މަރުވި ހާދިސާ ހިނގީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހާލަތު ދަށްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އެމްޕީއެލްގެ މައްސަލައެއް ހިމެނޭ ކަމަމަށެވެ. އެ މައްސަލައިގެ ތެރެއިން ފެނުނީ ކުންފުންޏެއް މެނޭޖްކުރަންވާ ގޮތް ނޫން ގޮތްގޮތަށް މެނޭޖްކުރުމުގެ މިސާލެއް ކަމަށެވެ. އެމްޕީއެލްއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާ ދިމާވީ ވެސް އެ ބޯޓުން ބޭލި މުދާ ހިފަހައްޓާވަރުގެ ބާރެއް މިހާރު އޮތް ކީވޯލްގައި ނެތް ކަމަށެވެ.

ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރަން އެކުލަވައިލި ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅަކަށްވާއިރު، އެމްޕީއެލްގެ މައްސަލަ ބަލަމުން ދަނީ މަޖިލީހުގެ ކޮން ކޮމިޓީއަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް