އައިވީއެފްގެ ފަރުވާއަށް އެދުމުގެ 50 ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހުޅުވާލަނީ

ދަޕްރެސް

18 ނޮވެމްބަރު 2025 | އަންގާރަ | 12:35

"އައިވީއެފް" ފަރުވާގެ ހަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ އިތުރު ފުރުސަތުތަކަށް އަންނަ ބުރާސްފަތި ދުވަހު ހުޅުވާލާނެ ކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާއިން ކުރި އިއުލާނެއްގައި ބުނީ "ފާޓިލިޓީ ކެއާ ފަންޑް" މެދުވެރިކޮށް މި އަހަރު "އައިވީއެފް"ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައިވާ ކަމަށެވެ.

އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން "އައިވީއެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް