ޗެމްޕިއަންސް ލީގުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިނޭ ޕްރޮމޯޝަނެއް
ދަޕްރެސް
18 ނޮވެމްބަރު 2025 | އަންގާރަ | 1:16
ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާސްޓާކާޑާ ގުޅިގެން ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓާކާޑުގެ ޕާސަނަލް ކާޑުތަކުން ކުރާ ޓްރާންސެކްޝަންތައް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.