އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރު: ޒަމީރު

ދަޕްރެސް

18 ނޮވެމްބަރު 2025 | އަންގާރަ | 3:09

އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރުކަމަށާއި ސަރުކާރުން ބަޖެޓް ހުށަހަޅާފައިވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް އެއްވެސް ހުރަހެއް ނޯންނާނެގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އަންނަ އަހަރުގެ ބަޖެޓް ބަހުސްގެ ތެރެއިން ޖަވާބުދާރީވުމަށް މިނިސްޓަރު ވިދާޅުވީ ބަޖެޓްގެ މަޝްވަރާތަކުގެ އެކި މަރުހަލާތަކުގައި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަރާނެ މިންވަރާ މެދު އޮތް ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ.

އިކޮނޮމިސްޓުންނާއި އެމްއެމްއޭއިންވެސް ލަފާ ކުރާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ދެމެހެއްޓެނިވި ބަޖެޓެއްކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ކުރިއަށް އޮތް އަހަރުގައި ޓެކްސް ބޮޑުނުކޮށް އާމްދަނީ އިތުރުކުރުމަށް ތަފާތު އެކި ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

މައުޟޫޢުތަށް