އޭއެމްއާރުގެ ނުރައްކަލުން ރާއްޖެ ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: ސާޖިދާ
ދަޕްރެސް
18 ނޮވެމްބަރު 2025 | އަންގާރަ | 9:26
އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭއެމްއާރު) ގެ ނުރައްކާ އިތުރުވަމުންދާކަން ފާހަގަކުރައްވައި، އާންމު ސިއްހަތާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އިގްތިސާދު ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
ވޯލްޑް އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަވޭއާނަސް 2025 ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ސާޖިދާގެ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އޭއެމްއާރު) ގެ ނުރައްކަލަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި އާންމު ސިއްހަތާއި، ކާބޯތަކެތީގެ ސަލާމަތާއި، އިގްތިސާދު ރައްކާތެރިކުރުމަށްޓަކައި، މިކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ.