ތަފާތު އެކި ކަންކަން އެއް ގައުމަކުން ތަޖުރިބާ ކޮށްލަން ބޭނުންނަމަ ހިޔާރު ކުރަންވީ ވިއެޓްނާމް

ދަޕްރެސް

7 މާރިޗު 2026 | ހޮނިހިރު | 3:31

މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

އެގޮތުން މި ލިޔުމުގައި ވެސް ކިޔުންތެރިންނަށް ގެނެސްދޭން މިއުޅެނީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލު ވަމުން އަންނަ ގައުމެއް ކަމަށްވާ ވިއެޓްނާމަށެވެ. ރައްޓެހިންނާއެކު ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ކައިވެނިކޮށްގެން 'ހަނީމޫން' ހަދާލަން ދާންވެސް މިއީ ހަމަ އެއްވަނައިގެ ގައުމެކެވެ. ރާއްޖެއާއި 4019 ކިލޯމީޓަރު ދުރުގައި އޮންނަ ވިއެޓްނާމުގައި ފައިސާގެ ގޮތުގައި ބޭނުން ކުރަނީ "ވިއަޓްނެމީޒް ޑޮންގް" އެވެ. 101.6 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ މި ގައުމުގައި 50 އަށްވުރެ ގިނަ ސިޓީ އޮވެއެވެ.

ގުދުރަތީ ރީތި ކަމާއި ޗާލު އެތައް އިމާރާތްތަކަކުން ޖަރީވެފައިވާ މި ގައުމުގައި އާސާރީ އެތައް ވާހަކަތަކެއް އެކުލެވިގެންވެއެވެ. ދެކުނު އިރުމަތީ އޭޝިއާގައި ހިމެނޭ މި ގައުމަކީ ތަފާތު ރަހަތަކުގެ އަޖުމަ ބަލާލަން ދާންވެސް ރަނގަޅު ގައުމެކެވެ. އެގޮތުން އެ ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި އެންމެ ބޮޑު މަގުބޫލު ކަމެއް އުފެދިފައި ވަނީ "ފޯ" ކިޔާ ކާނާގެ ބާވަތަކަށެވެ. ވަކި ވައްތަރެއްގެ ނޫޑްލް ބޭނުންކޮށްގެން ސޫޕް ގޮތަށް ހަދާފައިވާ މި ތަފާތު ކާނާއަކީ އެ ގައުމަށް ޒިޔާރަތް ކުރެވޭ ދުވަހަކުން އިންސާފު ކުރުމަށް ރަނގަޅު ކާނާއަކަށް ވާނެއެވެ. އަދި ހަމަ އެހެންމެ ވިއެޓްނާމުގައި ބިސް އަޅައިން ތައްޔާރު ކުރާ 'އެގް ކޮފީ' އަކީ ވެސް މަގުބޫލު ބުއިމެކެވެ.

މައުޟޫޢުތަށް