އަބްދުއްރަހުމާންގެ މަރު: 3 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ދަޕްރެސް

19 ނޮވެމްބަރު 2025 | ބުދަ | 10:58

އއ. މާޅޮހުގައި އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމްއަށް ހަމަލާދީ މަރާލި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އަބްދުއްރަހްމާންއަށް ހަމަލާދީފައިވަނީ އޭނާ ނިދާފައި އޮއްވާ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އއ. މާޅޮސް، މާހިޔާގޭގެ ކޮޓަރިއެއްގައި އަބްދުއްރަހްމާން ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލާފައިވާ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މައުޟޫޢުތަށް