މިދިޔަ ފަސް އަހަރު ބާރު އޮވެ، އެއްވެ އުޅުމުގެ ގާނޫނު އުވާނުލެވުމަކީ ހެދުނު ގޯހެއް: މީކާއީލް
ދަޕްރެސް
19 ނޮވެމްބަރު 2025 | ބުދަ | 11:20
މިދިޔަ ފަސް އަހަރު ބާރު އޮވެ އެއްވެ، އުޅުމުގެ ގާނޫނު އުވާނުލެވުމަކީ ހެދުނު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް، ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ކަމަށެވެ.
އެ ގާނޫނު އުވާލުމަކީ 2018 ވަނަ އަހަރު އެމްޑީޕީން ވީ ވައުދެއްކަން ފާހަގަކުރައްވަމުން މީކާއީލް ވިދާޅުވީ އޭރުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ ބިލު ހުށަހަޅުއްވުމުން، ރައްޔިތުންގެ މަޖިލީހުގައި އެތައް ދުވަހެއް ވަންދެން އެ ބިލު ބޭއްވުމަކީ، ހެދުނު ބޮޑު ގޯހެއް ކަމަށެވެ.