މާލޭގެ ސެލޫނެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
19 ނޮވެމްބަރު 2025 | ބުދަ | 12:09
މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ “ޕީސް ސެލޫން އެންޑް ސްޕާ"ގައި ހަށިވިއްކުމުގެ ވިޔަފާރުކުރާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއްގެ އިތުރުން ތައިލޭންޑްއަށް ނިސްބަތްވާ 3 އަންހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފައިސާގެ މުގާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މި 4 މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައިކަމަށެވެ.