ކުޑަ 2 އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ދަޕްރެސް
19 ނޮވެމްބަރު 2025 | ބުދަ | 2:09
ކުޑަ 2 އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ކުޑަ 2 އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.