ބިދޭސީންނަށް ދޫކޮށްފައިވާ ސައްހަ ވިސާގެ ގޮތުގައި 23 ވަނަ ދުވަހުން ފެށިގެން ބަލާނީ އީ-ވިސާ: އިމި

ދަޕްރެސް

19 ނޮވެމްބަރު 2025 | ބުދަ | 3:20

އަންނަ އާދިއްތަ ދުވަހުން ފެށިގެން ބިދޭސީންނަށް ދޫކޮށްފައިވާ ސައްހަ ވިސާގެ ގޮތުގައި ބަލާނީ އީ-ވިސާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ހިދުމަތްތަކެއް އޮންލައިން ކުރުމަށްޓަކައި، "އީ-ވީޒާ"ގެ ހިދުމަތް ތައާރަފުކޮށްފައިވާއިރު އިމިގްރޭޝަނުން ވަނީ ވިސާ ދޫކުރުމުގެ ކަންތަކަށް އަންނާނެ ބަދަލުތައް އާންމުކޮށްފައެވެ. މިގޮތުން ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް 23 ނޮވެމްބަރުގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް ޕާސްޕޯޓުގައި އޮތް ނަމަ އެ ދުވަހުން ފެށިގެން އީ-ވިސާއަށް ބަދަލުވާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ވޯކް ޕާމިޓު ލިބިގެން ރާއްޖޭގައި އުޅޭ ބިދޭސިންގެ ޕާސްޕޯޓު އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅައިގެން ވިސާ ޖެހުމުގެ ބަދަލުގައި އާދިއްތަ ދުވަހުން ފެށިގެން ދޫކުރާނީ އީ-ވިސާކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ ވޯކް ޕާމިޓު ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސައްހަ ވިސާ ކަމުގައި ބަލާނީ އީ-ވިސާ ކަމަށެވެ.

މައުޟޫޢުތަށް