ޓެކްސީ ލައިންގެ ހިދުމަތް ފަށަން 400 އަށްވުރެ ގިނަ ޑްރައިވަރުން ހޯދަނީ

ދަޕްރެސް

19 ނޮވެމްބަރު 2025 | ބުދަ | 4:13

ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތަށް 400 އަށްވުރެ ގިނަ ޑްރައިވަރުން ހޯދަން އިއުލާންކޮށްފިއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފަށަން ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ވަނީ، ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެ އިއުލާނުގައިވާ ގޮތުގެ މަތިން ފުލްޓައިމް ވަޒީފާގައި ހަފްތާއަކު 6 ދުވަހު، ދުވާލަކު 08 ގަޑި އިރު، ޑިއުޓީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭނެއެވެ.

މީގެ އިތުރުން ޕާޓް ޓައިމްކޮށް ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް 122 ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވާއިރު އެ މަސައްކަތާ ގުޅޭ ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މައުޟޫޢުތަށް