ގޮނޑިގެއްލުމުގެ ކުރިން ދާއިރާގެ ވޯޓެއް ނަގަންޖެހޭ އިސްލާހު ބަލައިގަނެ، ކޮމިޓީއަށް

ދަޕްރެސް

19 ނޮވެމްބަރު 2025 | ބުދަ | 4:14

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ވެރިކަން ކުރާ ޕީއެންސީން ގެނައި އިސްލާހު އަލުން ބަދަލުކޮށް، އެ ފަދަ ހާލަތުގައި ގޮނޑި ގެއްލޭނީ ރައްޔިތުންގެ މެދުގައި ފެންނަނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ކަނޑައަޅަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެ އެ ބިލު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ކުރަން، އަލުން އިސްލާހު ކުރަން ހުށަހެޅީ މި މަހުގެ 16 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.

މި އިސްލާހަކީ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް، ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހެކެވެ. ސުޖާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ވޯޓުގައި މެންބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނަވާނެ ކަމަށެވެ.

މައުޟޫޢުތަށް