މާލޭ ސަރަހައްދުގައި ގާއިމްކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތްކެއާ ސެންޓަރު ހުޅުވައިފި

ދަޕްރެސް

19 ނޮވެމްބަރު 2025 | ބުދަ | 7:06

އާންމު ސިއްހަތު ނިޒާމު ވަރުގަދަކުރުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމުކުރެއްވި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ހާއްސަކޮށް މިއަދު ހަވީރު މާފަންނު، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެންޓަރަކީ މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް، ލުއި ފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިވާ ގޮތަށް ފަރުމާކުރެވިފައިވާ ސެންޓަރެކެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ.

މައުޟޫޢުތަށް