ވެލާނާ އެއާޕޯޓު ކިއުގައި ޖެހުން ނިމުމަކަށް ގެންނަށް، ޒަމާނީ ޓެކްނޮލޮޖީގެ އީގޭޓް ހަރުކުރަނީ
ދަޕްރެސް
19 ނޮވެމްބަރު 2025 | ބުދަ | 8:35
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޭނުން ކުރާ ދިވެހިންނާއި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް އީގޭޓުތަކެއް ހަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރައްވާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަ ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ނިމުމަކަށް ގެނެއުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓްތައް އެ އެއާޕޯރޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން." ރައީސް ވިދާޅުވިއެވެ.