ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް އަންނަ އަހަރު އުފެއްދޭނެ: މިނިސްޓަރު ސައީދު

ދަޕްރެސް

20 ނޮވެމްބަރު 2025 | ބުރާސްފަތި | 9:34

ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް (އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް) އަންނަ އަހަރު ރާއްޖޭގައި އުފައްދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ޓްރޭޑްމާކުބިލް ގާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތް ކުރަމުންދަނީ ވޯލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައިކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު ރާއްޖޭގައި އަލަށް ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް އުފައްދާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މައުޟޫޢުތަށް