ސުލްހައިގެ އެއްބަސްވުމުގެ ނިވަލުގައި ތިބެ އިޒްރޭލުން ގާޒާގެ 25 މީހަކު ޝަހީދު ކޮށްލައިފި

ދަޕްރެސް

20 ނޮވެމްބަރު 2025 | ބުރާސްފަތި | 11:31

އިޒްރޭލުގެ ސިފައިންނާ ދިމާއަށް އަމާޒުކޮށް ބަޑިއެއް ޖެހިކަމަށް ބުނެ، ބޮން އަޅާ ގާޒާއިން 25 މީހަކު ޝަހީދު ކޮށްލައިފިއެވެ.

އަންހެނަކާއި ކުޑަކުއްޖަކުވެސް ޝަހީދުވި މި ހާދިސާގައި އިޒްރޭލުން ހަމަލާ ދީފައި ވަނީ، ހާން ޔޫނިސް ގެ ދެކުނު ބިތުގައި އޮންނަ ޒައިތޫނި އަވަށުގެ އިމާރާތަކަށެވެ.

ޔަހޫދީން ބުނަނީ ހަމަލާ ދިނީ ހަމާސްގެ ބަޔަކު ތިބި ތަނަކަށް ކަމަށާއި، ހަމަލާ ދޭން ޖެހުނު ސަބަބަކީ އެ ތަނުން ޔަހޫދީންނަށް އަމާޒުކޮށް ހަމަލާއެއް ދިނުން ކަމަށެވެ.

މައުޟޫޢުތަށް