އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިހުތިރާމުކުރާ ބަޔަކަށްވުމަށް ސާޖިދާ ގޮވާލައްވައިފި
ދަޕްރެސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 12:42
އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިހުތިރާމުކުރާ ބަޔަކަށްވުމަށް ރައީސްގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
ސާޖިދާ މިފަދައިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޕީއެލްއިން ފެށި "ފަހި ޕްރޮގްރާމް - އެކުއެކީ، ގުޅިގެން" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެކި ގާބިލުކަން، އެކި މީހުންގެ ކިބައިގައި ހުންނަނީ އެކި ގޮތަށް އެކި މިންވަރަށް ސާޖިދާ ފާހަގަކުރެއްވެވިއެވެ. އެގޮތުން ނުކުޅެދުންތެރި އުނި ސިފަތަކެއް ކަމަށް ހީވާ ސިފަތައް ހުންނަ ބައެއް މީހުން ދުނިޔެއަށާއި އެ މީހުންގެ ގައުމަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކުގެ ސަބަބުން ބޮޑެތި މަންފާތައް މުޅި އިންސާނިއްޔަތަށް ފޯރުވައިދީފައިވާތކަން ވެސް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.