ގޭންގު ހަދައިގެން މާރަމާރީ ހިންގަން އުޅުނު ދެ މީހަކު ހަތިޔާރާއެކު ހައްޔަރުކޮށްފި
ދަޕްރެސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 5:22
ގޭންގު ހަދައިގެން މާރަމާރީ ހިންގަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހަތިޔާރާއެކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ ދަފްތަރު 1264، ޝަމާހު މުސާދީދީ، (34އ) އަދި ރ. އިންނަމާދޫ، އެވަލީޑް ހުސައިން ނަވީން (19އ)އެވެ.
އެ ދެ މީހުންނަށް ވެސް ކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނުކަމުގެ ތުހުމަތެވެ. ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ދެ ގްރޫޕެއްގެ ދެމެދު ހަމަނުޖެހުން އެފެދި، މާރަމާރީ ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.