ޒަމާނީ ވަސީލަތްތަކާއެކު މާލޭގައި ބިނާކުރާ ވަގްފު އިމާރާތުގެ ބިންގާ އަޅައިފި

ދަޕްރެސް

20 ނޮވެމްބަރު 2025 | ބުރާސްފަތި | 3:58

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަގްފު އިމާރާތް 'ދާރުލްއަރްގަމް'ގެ ބިންގާ އަޅައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.

މައުޟޫޢުތަށް