ހާއްސަ އެހީއަށް ބޭނުންވާ 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ދީފި
ދަޕްރެސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 4:50
ހާއްސަ އެހީއަށް ބޭނުންވާ 40 ފަރާތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ވަޒީފާ ދީފިއެވެ.
މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައ،ި އެ ފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރި ކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެން ދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ.