ހުޅުމާލެ ފަރަށް ބަޔަކު އަރާ ގެއްލުން ދިން މައްސަލަަ އީޕީއޭ އިން ބަލަން ފަށައިފި
ދަޕްރެސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 4:53
ހުޅުމާލޭ ފަރަށް ގެއްލުންދީ ފަރުގެ ބައެއް ހަލާކުކޮށްލައި ގާތަށް ނެގި މައްސަލަ ބަލަން ފަށައިފިއެވެ.
ހުޅުމާލެގެ ފަރަށް ބަޔަކު ގެއްލުން ދީފައި މިވާ ސަރަހައްދަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިރުމަތީ ފަރާތު ގޮނޑުދޮށް ސަރަހައްދުގެ ބޭރު ފަރުމައްޗެވެ. އެއީ ގިނަ އަދަދެއްގެ ގެސްޓް ހައުސް ވެސް ހިމެނޭ އަދި ރީތި މޫދަކާއިގޮނޑުދޮށެއް ވެސް އޮތް ސަރަހައްދެކެވެ.
އިއްްޔެ އިރުއިއްސެން ގާތްވެފައިވާ ވަގުތު އެ ސަރަހައްދު ފަރުމަތި އެއްކޮށް ހިކިފައި އޮއްވާ ފަރު މައްޗަށް އެކި އލާތްތަކާއެކު އަރައި ފަރުމަތީގައި ތަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އަންނަނީ ވައިރަލް ވަމުންނެވެ. އެ ވީޑިއޯގައި އެ ފަރުމަތިން ގާތައް ވަކިކޮށް ދުރަށް ޖައްސާ މަންޒަރުވެސް ފެނެއެވެ.