ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން އިތުރުކުރުމަށް ގާއިމްކުރި "ޔޫތް ހަބް" ރައީސް ހުޅުއްވާދެއްވައިފި

ދަޕްރެސް

20 ނޮވެމްބަރު 2025 | ބުރާސްފަތި | 6:39

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި މި ސަރުކާރުން މާލޭގައި ތަރައްގީކުރި ފުރަތަމަ "ޒުވާނުންގެ ވެހި" (ޔޫތް ހަބް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ތަރައްގީކޮށް ޔޫތް ހަބެއްގެ ގޮތުގައި މިއަދު ހުޅުވީ އެކަމަށް ހާއްސަކޮށް ހަވީރު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުސަތުތައް މި ޔޫތް ހަބުން ލިބެން ހުންނާނެއެވެ.

މައުޟޫޢުތަށް