ކުޑަކުދިންގެ އުފާފާގަތިކަމަށް އަހުމިއްޔަތުކަން ދިނުމުގައި ދެމިހުންނާނަން: ރައީސް
ދަޕްރެސް
20 ނޮވެމްބަރު 2025 | ބުރާސްފަތި | 6:51
ދިވެހިރާއްޖޭގައި ކުޑަކުދިންނަށް، ރައްކާތެރިކަމާއި، އަބުރުވެރިކަމާއި، ފުރުސަތުތައް ކަށަވަރުކޮށްދިނުމުގައި ދިވެހިން ތިބީ އެއް އަޒުމެއްގައިކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މި ޤައުމުގެ އުންމީދު އަދި ފާގަތި މުސްތަގްބަލެއްގެ ބިންގަލުގެ ގޮތުގައި ކުޑަކުދިން ސިފަ ކުރައްވާ އެމަނިކުފާނު ވަނީ ކޮންމެ ކުއްޖަކަށްވެސް، އެކުއްޖެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ވެއްޓެއް ގާއިމުކުރުމަށްޓަކައި، މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ، އެކަމަނާގެ އެކްސް އެކައުންޓުން މެސެޖެއް ހިއްސާކުރައްވާފައެވެ.