ކޮށްދެވުނު ކަމެއް ވިދާޅުނުވެ މުއިއްޒު ދައްކަވަނީ ކޮށްދެއްވާނެ ކަންކަމުގެ ވާހަކަ، ގޯތީގެ ވާހަކަ: ޔާމީން

ދަޕްރެސް

22 ނޮވެމްބަރު 2025 | ހޮނިހިރު | 10:45

މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ ހާސިލްކުރެވުނު ކަމެއްގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވިދާޅުނުވެވޭ ކަމަށާއި، މުޅިން ވެސް ވިދާޅުވަމުން ގެންދަވަނީ ކުރިއަށް ކުރައްވާނެ ކަންކަން ކަމަށް ކުރީގެ ރަައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޒުވާނުންނަށް ހާއްސަކޮށްގެން ޕީއެންއެފް އިން ބޭއްވި ރައިޒްއަޕް ޔޫތު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަހުގެ 14 ވަނަ ދުވަހު ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މުޅި ވާހަކަފުޅުގައި ވެސް މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅުނުވާ ކަމަށެވެ. ހައްތަހާ ވެސް ވިދާޅުވަމުން ގެންދެވީ ކުރިއަށް ކުރައްވާނެ ކަންކަމުގެ ވާހަކަފުޅުތައް ކަމަށެވެ.

މައުޟޫޢުތަށް