ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ، ރައީސް މާދަމާ ރޭ ބައްދަލުކުރައްވަނީ

ދަޕްރެސް

22 ނޮވެމްބަރު 2025 | ހޮނިހިރު | 4:47

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވި އިއުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 23 ވާ އާދީއްތަ ދުވަަހުގެރޭ 20:30ގައި މި ވިލިމާލޭ މުހްޔިއްދީން ސްކޫލްގައި ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. އަދި މި ބައްދަލުވުމަށް ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތުދީފައެވެ.

މައުޟޫޢުތަށް