ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް ތަރައްގީކޮށް، 50 އެނދުގެ އާ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އަޅައިފި

ދަޕްރެސް

22 ނޮވެމްބަރު 2025 | ހޮނިހިރު | 10:31

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުލް ލަތީފް މުހައްމަދާ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ހއ. އަތޮޅުގެ ކައުންސިލް މެންބަރުންނާ، ދިއްދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެ ކަމަށާއި އަދި އެއް ފަންގިފިލާގެ ސާވިސް ބްލޮކަކާ، ވަށާފާރެއް ރާނާނެ ކަމަށެވެ. މިއީ 185.5 މިލިއަން ރުފިޔާއަށް 780 ދުވަހުން ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މައުޟޫޢުތަށް