"އަމީނިއްޔާ"ގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވުމަށް ފުލުހުން އެދިއްޖެ

ދަޕްރެސް

22 ނޮވެމްބަރު 2025 | ހޮނިހިރު | 10:41

"އަމީނިއްޔާ"ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި "އަމީނިއްޔާ"ގެ ނަމުގައި، ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ، ލިންކެއް ފޮނުވާފައިވެއެވެ. އަދި ޕޯސްޓަށް ފައިސާ ދެއްކުމުން ނޫނީ އޯޑަރު ކަސްޓަމަރުގެ އަތަށް ނާރާނެކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ، "އަމީނިއްޔާ"އާއި އެހެނިހެން ނަންނަމުގައި މިފަދަ މެސެޖުތައް ލިބެމުން އަންނަކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މެސެޖުގައިވާ ލިންކަށް ފިތާލުމުން ބޭންކު ކާޑުގެ މައުލޫމާތު 'ވަގުން'ނަށް ލިބޭނެކަމަށް އެ ސެންޓަރުންވަނީ ބުނެފައެވެ. ފުލުހުން ވަނީ މި މެސެޖުގައިވާ ލިންކަށް ފިތާނުލުމަށާ، މެސެޖު ލިބުމާއެކު، ވަގުތުން ސްޕޭމްގެ ގޮތުގައި ރިޕޯޓުކޮށް ޑިލީޓްކުރުމަށް އެދިފައެވެ.

މައުޟޫޢުތަށް