ކުޑަކުދިންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި، ފުލުހަކު ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ދަޕްރެސް

23 ނޮވެމްބަރު 2025 | އާދިއްތަ | 8:33

ދެކުނުގެ ރަށެއްގައި ކުޑަކުދިންތަކެއް ކުޅުނު ފުޓްސަލް މެޗެއްގައި ހިނގި ހަމަނުޖެހުމެއްގައި، ފުލުހަކު ކުޑަކުއްޖަކަށް އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށް، ބިރު ދެއްކި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ރޭ ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 21 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި، ދެކުނުގެ ރަށެއްގެ ފުޓްސަލް ދަނޑެއްގައި ކުޅެން އުޅުނު ކުދިން ތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާކަމަށެވެ. އަދި އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް އަދި ކުއްޖާ އަށް ބިރު ދައްކާފައިވާކަމުގެ މައްސަލައެއް މި މިހުގެ 22 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ޖިނާއީ ބައި ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް އެ އިދާރާއިން ވަނި ބުނެފައެވެ. އަދި މިއީ ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކަށް ވުމާއި އެކު އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މައުޟޫޢުތަށް