ޖެންޑާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު، ކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ދޭން އުޅުނު މައްސަލައެއް ބަލަނީ

ދަޕްރެސް

23 ނޮވެމްބަރު 2025 | އާދިއްތަ | 3:18

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް، ކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށާފައިފިއެވެ.

މެދުރާއްޖެ ތެރޭ ރަށެއްގައި އުމުރުން 10 އަހަރުގެ ކުއްޖަކު ގަދަކަމުން ހިފަހައްޓައި، ބިރު ދެއްކުމަށްފަހު ސިނގިރޭޓު ބޯންދޭން އުޅުނުކަމަށް ބުނެ އެ ކުއްޖާގެ ބައްޕަ ވަނީ ރޭ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.

އެ ޕޯސްޓުގައި ބުނީ އޭނާގެ ދަރިފުޅު މަޢްރިބް ނަމާދަށް މިސްކިތަށް ދިޔަ މަގުމަތީގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި 17 އަހަރުގެ ކުއްޖަކު، ދަރިފުޅު ހުއްޓުވާފައިވާކަމަށެވެ. އަދި ގަދަ ކަމުން ދަރިފުޅަށް ސިނގިރޭޓު ބޯންދޭން މަސައްކަތްކޮށްފައިވާކަމަށާއި ކުއްޖާގެ ގައިގައި ސިނގިރޭޓު ޖައްސާފައިވާކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މައުޟޫޢުތަށް